ދިވެހިރާއްޖެ
2016 ވަނަ އަހަރަށް ލ.ދަނބިދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 23 ނޮވެންބަރު 2015 ގައި ކުރެވުނު ނަންބަރު GS-190/2015/39 އިޢުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވީ ތިން ފަރާތަކުންނެވެ. ނަމަވެސް، މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވަނީ ދެފަރާތަކުން ކަމަށްވާތީ މި އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
2016 ވަނަ އަހަރު ލ.ދަނބިދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2016 ވަނައަހަރަށް ލ.ދަނބިދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ލ.ދަނބިދޫ ސްކޫލަށް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
15 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 ގައި |
22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 ގައި |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ލިޔުމަކުން ސްކޫލަށް އަންގަވައިދެއްވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6800740 ފޯނާ ގުޅުއްވުމަށް ދަންނަވަމެވެ.
25 ޞަފަރު 1437