ދިވެހިރާއްޖެ
ވައިކަރަދޫއަށް ގެންނަ ޤުރުއާން މުދައްރިސު ހުންނެވުމަށްޓަކައި، އެއް ކޮޓަރި ހިމެނޭ އެޕާޓްމަންޓެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަންދާސީހިސާބު ހުށަހަޅާއިރު، މި އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުޠުތަކެއް ފުރިހަމަވާންވާނެއެވެ.
މި ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 04 މާރިޗް 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6520046 ފޯނާ ގުޅުއްވާ އެ މަޢުލޫމާތެއް ސާފުކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމާއި ބީލަންތައް ކެނޑުމުގެ މަސައްކަތް ކުރިއަށްދާނީ، 09 މާރިޗް 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ކަރުދާހުގައިވާ އެއްވެސް ކަމެއް އޮޅުންނުފިލާނަމަ، އެކަމެއްގެ ތަފްޞީލް ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިޢުލާނާއެކު ޢާއްމުކުރެވިފައިވާ ބީލަން ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މަތީގައި ދެންނެވިފައިވާ ސުންގަޑިއަށް މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
