ދިވެހިރާއްޖެ
އިޢްލާން
މާއެނބޫދޫ ކައުންސިލް ޤުރުއާން މުބާރާތް 1447
ދ.މާއެނބޫދޫ ރައްޔިތުންގެ މެދުގައި ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމުގެ ލޯބި އިތުރުކުރުމާއި، ރީތިކޮށް
ޤުރުއާން ކިޔަވާ ރައްޔިތެއް ދިރިއުޅޭ މުޖުތަމައުއަކަށް މާއެނބޫދޫ ހެދުމާއި، ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވާ، އާލާކޮށް، ފެތުރުމަށްޓަކައި މިހިނގާ 1447 ވަނަ އަހަރު ރަމަޟާންމަހު ޤުރުއާން މުބާރާތެއް ބޭއްވުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 މާޗް 05 އިން 2026 މާރޗް 07 ވަނަ ދުވަހުގެ ނިޔަލަށެވެ. މި
މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތެކެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 04 މާރޗް 2026 ވާ ބުދަ ދުވަހުގެ 13:00 ގެ
ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މާއެނބޫދޫ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާޢިދާއި، ބައިވެރިވުމަށްއެދޭ ފޯމް މި އިޢްލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
