ދިވެހިރާއްޖެ
ހދ.ވައިކަރަދޫ ކައުންސިލް އިދާރާގެ ބޭނުމަށް 08 ސީޓުގެ ބަގީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 05 މާރިޗް 2026 ގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ، މި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މި ބީލަމާ ގުޅިގެން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، 04 މާރިޗް 2026 ގެ 11:00 ގެ ކުރިން ތިރީގައިވަ އީމެއިލް ނުވަތަ މިއިދަރާއަށް ލިޔުމުން އަންގަވައިދެވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 09 މާރިޗް 2026 ގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ.
މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
|
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.office.com/r/fPVd837Zeh
|
|
ފޯން: 6520046 |
|
އީމެއިލް: [email protected] |
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
