ދިވެހިރާއްޖެ
- ފެންވައިރިންގ ކުރުމާގުޅޭ
މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް 2 ފެންވަޅު ހަދައި ފާޚާނާއަށް ފެންވައިރުކުރަން ބޭނުންވެއްޖެއެވެ.
ކުރަންޖެހޭ މަސައްކަތް:
- 2 ވަޅު ހަދައި ފެއްތުން.
- 2 ވަޅުން ފާޚާނައަށް ފެންވައިރިންގ އެޅުން.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، ސްކޫލުގެ ފޯން ނަންބަރު: 6520535 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް. |
22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް. |
ނޮޅިވަރަންފަރު ސްކޫލުގައި |
ނޮޅިވަރަންފަރު ސްކޫލުގައި |
28 ޞަފަރު 1437