މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ބައްދަލުވުމެއް ބޭއްވުމާއިގުޅޭ.

 

އިޢުލާން

ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ބައްދަލުވުމެއް ބޭއްވުމާއިގުޅޭ.

            ލާމަރުކަޒީ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން 26 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެރޭ 21:30ގައި ޖޯޝް ޖަމިއްޔާ ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެންދެއްވުން އެދެމެވެ.

 ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަންކަން.

  1.   ހެނބަދޫ ކައުންސިލްގެ 2025 ވަނަ އަހަރުގެ ރިޕޯޓް އަދި ޚަރަދު އިއްވުން
  2.   2026 ވަނަ އަހަރުގެ ބަޖެޓް ހިއްސާކުރުން
  3.   ހެނބަދޫގައި ބިން އަމިއްލަ ކުރުމަށް ކައުންސިލަށް ދައްކަންޖެހޭ ފީ އާއި ގުޅޭގޮތުން މަޝްވަރާކުރުން

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.

06 ރަމަޟާން 1447

                        23 ފެބްރުއަރީ 2026                          

23 ފެބުރުވަރީ 2026
ހޯދާ