މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކައުންޓިންގ ސޮފްޓްވެއަރއެއް އަޅައިދީ، ސޮފްޓްވެއަރއާ ގުޅުންހުރި ހުރިހާ ސެޓަޕްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވާކަރސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) ގެ ދަށުން ރަޖިސްޓަރކޮށްފައިވާ ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގެ ވިޔަފާރިއާ ބެހޭ މުޢާމަލާތްތައް އަދި ޕްރޮޖެކްޓުގެ ހިސާބުތައް ބެލެހެއްޓުމަށް އެކައުންޓިންގ ސޮފްޓްވެއަރއެއް އަޅައިދީ އަދި މި ސޮފްޓްވެއަރއާ ގުޅުންހުރި ހުރިހާ ސެޓަޕްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން 18 ނޮވެންބަރު 2014 ގައި ކުރި ނަންބަރު: IUL)101-AF/1/2015/167) އިޢުލާނާ ގުޅިގެން އެކަށޭނެ އަދަދަކަށް ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިފަހަރު މަޢުލޫމާތު ސެޝަން ބޭއްވުމެއް ނޯންނާނެއެވެ. ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 16 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގައި މ. ބޭންފްވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްހޯލުގައެވެ. 14:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއްނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

28 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ