ދިވެހިރާއްޖެ
މަޤާމް: ޔޫއައި / ޔޫ އެކްސް ޑިވެލޮޕަރ (ގްރޭޑް 1)
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/11,158 ރުފިޔާ
ލިވިންގ އެލަވަންސް: 3,000/- ރުފިޔާ
ރިސްކް އެލަވަންސް: -/2,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ޑިޖިޓަލް ސިސްޓަމްތަކާއި އެޕްލިކޭޝަންތަކަށް ޔޫޒަރ އިންޓަރފޭސްތަކާއި ޔޫޒަރ އެކްސްޕީރިއަންސް ޑިޒައިންކުރުމުގެ މަސައްކަތްތައް ކުރުމާއި، އެކަމާގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން
- އޮފީހުގައި ބޭނުންކުރަމުންދާ ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކެއް އެއްގޮތްކަމާއި، އެ ޕްލެޓްފޯމްތަކުގެ ކޮންސިސްޓަންސީ، ޔޫސަބިލިޓީ އަދި ވިޝުއަލް ސްޓޭންޑަރޑްސް ދެމެހެއްޓުމަށް ބޭނުންވާ މަސައްކަތްތައްކުރުން
- މިހާރު އޮފީހުގައި ބޭނުންކުރަމުންދާ ޑިޖިޓަލް ސިސްޓަމްތަކުގެ އިންޓަރފޭސް ރިވިއުކޮށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތްތައް ހޯދުން.
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
ފެންވަރު ނުވަތަ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ
- ޕްރޮފިޝަނަލް ސެޓްފިކޭޝަން އިން ޔޫއައި/ޔޫއެކްސް ޑިޒައިން ސަނަދާއި އެކު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 55 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 5 މަރޗް 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://online.pgo.mv/applications/jobs
ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު އަދި އިންޓަވިއު އޮންނާނީ 6 މަރޗް 2026 – 7 އޭޕްރިލް 2026 ވަނަ ދުވަހު މާލޭގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
05 ރަމަޟާން 1447
22 ފެބްރުއަރީ 2026
