މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފީވަކު ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމަށް
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފީވަކު ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމަށް
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފީވަކު ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުން
- މި ބީލަމާއި ގުޅިގެން ބޭއްވޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް، 24 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ 10:00 ގައި ފީވަކު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ.
- މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު ހުށަހެޅުމެއް ނެތްނަމަ، ބައްދަލުވުމަށްފަހު، ބައްދަލުވުމުގެ ބައިވެރިންނަށް ބިލަން ކަރުދާސް ޙަވާލުކުރެވޭނެއެވެ. ނުވަތަ، އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.
ބީލަން ހުށަހެޅުން
- ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށައެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކާކުކަން އެނގޭނެފަދަ ރަސްމީ ލިޔުމެއް ގެންނަން ވާނެއެވެ. ކުންފުންޏަކުން ބީލަން ހުށަހަޅާ ނަމަ، ނުވަތަ ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ، ބީލަން ހުށަހަޅާ ފަރާތުގެ ސިޓީ (ޕަވަރ އޮފް އެޓާރނީ) އަކާއި ބަދަލުގައި ފޮނުއްވާ ފަރާތުގެ ކާކުކަން އަންގައިދޭ ލިޔުމެއް ބީލަމާއި ވަކިން ހުށާހަޅުއްވަން ވާނެއެވެ.
- ބީލަމާއި ވަކިން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެއްވެސް ލިޔުމަކީ ބީލަމުގެ ބައެއް ކަމުގައި ބަލައެއް ނުގަނެވޭނެއެވެ.
- ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ. އަދި ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 03 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ 10:00 ގައި ށ.ފީވަކު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މި ބައްދަލުވުމަށް ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި، ބީލަން ބަލައިގަންނަ ގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވާ ބޭފުޅުންނަށް އެކަންޏެވެ.
- މި ބީލަމަށް އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6540046 އަށް ގުޅުއްވާ، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.
22 ފެބުރުވަރީ 2026
ހޯދާ
