ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކޫލް ސްކޫލްގެ ޕްރޮޖެކްޓްގެ ދަށުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލް އަދި ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް

1. މިމަރުކަޒުގެ ހޯލް އަދި ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ފެބްރުއަރީ 22 އިން 2026 މާރިޗް 2 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިދަންނަވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަ  "ބީލަން ރަޖިސްޓްރީ ފޯރމް" ލިންކް:https://forms.gle/EVzeWJWwbcQoxy8e8

3. ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މާރިޗް 2 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2026 މާރިޗް 3 ވަނަ ދުވަހުގެ 10:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.

5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

  ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014,

  އީ-މެއިލް: [email protected],mv

22 ފެބުރުވަރީ 2026
ހޯދާ