މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު ނަންބަރު: 2016/R-69 ގެ ދަށުން ކުރި އިޢުލާން ނަންބަރު: (IUL)88-PS/88/2024/37 (30 މޭ 2024) އަށް އެގާރަވަނަ އިސްލާޙު ގެނައުން.

ގަވާއިދު ނަންބަރު: 2016/R-69 (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު ނަންބަރު:  (IUL)88-PS/88/2024/37 (30 މޭ 2024) އިޢުލާނަށް އެގާރަވަނަ އިސްލާޙު ގެނައީމެވެ.

އެގާރަވަނަ އިސްލާޙު:

އިސްވެ ދެންނެވުނު އިޢުލާން އަދި އެ އިޢުލާނަށް ގެނެވުނު އިސްލާޙުތަކުގެ ދަށުން ޝާއިޢުކުރެވިފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓުން އަންނަނިވި ތާވަލުގައި ރަށްތައް އުނިކޮށްފައިވާކަން އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

22 ފެބުރުވަރީ 2026
ހޯދާ