ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް މީޑިއާ އޮފިސަރ (ގްރޭޑް 1)

މަޤާމް:               އެސިސްޓަންޓް މީޑިއާ އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:           01 (އެކެއް)

މުސާރަ:                8,689/- ރުފިޔާ

ލިވިންގ އެލަވަންސް:        3,000/- ރުފިޔާ

ރިސްކް އެލަވަންސް:        -/2,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:   މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  1. އޮފީހުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތުތާއި، އޮފީހުން މީޑިއާއާ ޙިއްޞާކުރުމަށް ބޭނުންވާ މަޢުލޫމާތު މި އޮފީހުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ލިޔެ، އެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  2. ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ ޙާލަތްތަކުގައި މި އޮފީހުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި، މީޑިއާ އިންޓަރވިއުތަކުގައި ބައިވެރިވުން.
  3. އޮފީހުން ބާއްވާ އިވެންޓްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް މީޑިއާއާ ޙިއްޞާކުރުން.
  4. ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ އިރުޝާދާއެކު މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކުރުން.
  5. އޮފީހުން ބާއްވާ އިވެންޓުތަކާއި، އޮފީހުގެ އެހެނިހެން ހަރަކާތްތަކާއި، މީޓިންގތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވާ ބައްދަލުވުންތަކުގެ ވިޝުއަލް ކޮންޓެންޓު (ފޮޓޯ، ވީޑިއޯ) ތައްޔާރުކޮށް، އެޑިޓްކޮށް، ޝާއިޢުކޮށް، އާރކައިވްކުރުން.
  6. މި އޮފީހުން ބާއްވާ އިވެންޓްތަކުގެ ޚަބަރު ލިޔެ ޕޯސްޓުކުރުމާއި، ވެބްސައިޓާއި، ސޯޝަލް މީޑިއާ އެކައުންޓުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
  7. މި އޮފީހުގެ ސޯޝަލް މީޑިއާ (ޔޫޓިއުބް، ފޭސްބުކް، އެކްސް، ޓިކްޓޮކް، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ ފޮޓޯ އަދި ވީޑިއޯ ގްރެފިކްސް ކޮންޓެންޓު ތައްޔާރުކުރުމާއި، މި ކަންކަމުގައި ލަފާދިނުން.
  8. މި އޮފީހުން ނެރޭ ނޫސްބަޔާންތައް ޑްރާފްޓު ކުރުން.
  9. މި އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ އިންތިޒާމު ހަމަޖެއްސުމާއި، މީޑިއާއަށް ދަޢުވަތު ދިނުމާއި، އަދި މީޑިއާތަކަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ވަސީލަތްތަކާއި، މަޢުލޫމާތު އެއްކޮށް، ފޯރުކޮށްދިނުން.
  10. މި އޮފީހުން މީޑިއަށް ދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އަދި މީޑިއާއިން މި އޮފީހުން ހޯދަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ފެސިލިޓޭޓްކޮށްދިނުން.
  11. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއް ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު:

ދިވެހި އަދި އިނގިރޭސި ބަހުން ލިޔުންތެރިކަމާއި، ވާހަކަދެއްކުންތެރިކަމުގެ ހުނަރު ހުރުމާއެކު، މި އޮފީހުގެ މަސައްކަތާ ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 55 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 5 މާރޗް 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  6 މާރޗް – 7 އޭޕްރިލް 2026 ވަނަ ދުވަހު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-     ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2-     މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3-     ވަނަވަރު

4-     ދރއ. ކާޑުގެ ކޮޕީ

5-     ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

05 ރަމަޟާން 1447

22 ފެބްރުއަރީ 2026

22 ފެބުރުވަރީ 2026
ހޯދާ