ދިވެހިރާއްޖެ
އިޢުލާން
|
ރައްޔިތުންގެ ބައްދަލުވުން |
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ107 ވަނަ މާއްދާގައި ވާގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން 26 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެރޭ 9:30 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހޯލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ވާޗުއަލްކޮށް ބައިވެރިވުމަށް ބޭނުންވާ ލިންކް މިއިދާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިބައްދަލުވުމުގައި 2025 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، މާލީ ރިޕޯޓް ހިއްސާކުރެވޭނެއެވެ.
ވީމާ، މިބައްދަލުވުމުގައި ވީހާ ގިނަބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ.
02 ރަމަޟާން 1447
19 ފެބުރުވަރީ 2026
