ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ބަސް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ބަސްޑްރައިވަރ

ބޭނުންވާ އަދަދު: 4 (ހަތަރެއް)               

މުސާރަ: -/2500 ރުފިޔާ

ޚާއްޞަ އެލަވަންސް:  މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކު -/100 ރުފިޔާ (ރަސްމީ ދުވަސްތައް)  

ވަޒީފާ އޮތް އޮފީސް: ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް، ލ. ގަން

މަޤާމުގެ ބާވަތް: ކޮންޓްރެކްޓް (ވަގުތީ)

މަޤާމުގެ ޝަރުޠުތައް:

1- ބަސް ނުވަތަ އެކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.

2- ދިވެހި ރައްޔިތަކުކަމުގައިވުން.

3- ބަސް ނުވަތަ އެ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

4- އުމުރުން 65 އަހަރު ފުރިފައި ނުވުން.

5- އަޚުލާޤީގޮތުން ރަނގަޅު މީހަކުކަމުގައިވުން.

6- ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހު ޝަރީޢަތަށް ޖިނާއީ މައްސަލައެއް ސާބިތުވެ، ޙުކުމެއް ކޮށްފައިވާ މީހަކުކަމުގައިނުވުން.

7- އެއްވެސް ތަނެއްގެ ދާއިމީ ވަޒީފާގައި މަސައްކަތްކުރާ މީހަކުކަމުގައިނުވުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

ށ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ނ. ބަސް ނުވަތަ އެ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ.

ރ. ބަޔާންކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ތަޖުރިބާ ލިބިފައިވާނަމަ، އެކަން އެނގޭނެ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޑިސެންބަރު 14 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

21 ޞަފަރު 1437

03 ޑިސެންބަރު 2015
ހޯދާ