ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫގައި ދިގު މުއްދަތަށް މަސްކައްކައި، މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު އިއުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލުމާއި ގުޅޭ

ހއ.އިހަވަންދޫ ލޭންޑްޔޫސް ޕްލޭންގެ އިންޑަސްޓްރިއަލް ބިމުގެ ސަރަޙައްދުން، 3000 (ތިންހާސް )އަކަފޫޓު ގެ 04 ބިން،  މީލާދީ 20 އަހަރު ދުވަހުގެ މުއްދަތަށް، މަސްކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދިނުމަށް ކުރެވުނު އިއުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މަސް ކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. ރަޖިސްޓަރީވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށްއެދޭ  އޮންލައިން ފޯމް ފުރުއްވުން އެދެމެވެ.  ފޯމުގެ ލިންކް އިއުލާނުގައި ހިމެނިފައި ވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމުގައި ދެންނެވީމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ. މައުލޫމާތު މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާނެއެވެ.

 

ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް:  https://forms.office.com/r/cbrxCjpsAf

 

ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން

ދުވަސް

ތާރީޙް

ގަޑި

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީވުމުގެ ސުންގަޑި

އިހަވަންދޫ ކައުންސިލްގެ އިދާރާ

އާދިއްތަ

24 ފެބުރުވަރީ 2026

23:59 އަށް

ޕްރޮޕޯސަލް ހުށަހެޅުން

އިހަވަންދޫ ކައުންސިލްގެ އިދާރާ

އަންގާރަ

3 މާރިޗު 2026

11:00

 

މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއެއް ގެންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ އެޑުރެސް ކުރައްވާނީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ.  ސިޓީއުރައިގެ ބޭރުގައި އިޢުލާނު ނަންބަރާއި ބިމުގެ ނަންބަރު އަދި "ހއ.އިހަވަންދޫގައި މަސް ކައްކައި، މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް  ބިން ދޫކުރުން " މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

 މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

‏                               02‏ ރަމަޟާން‏ 1447

19 ފެބުރުވަރީ 2026
ހޯދާ