ދިވެހިރާއްޖެ
ޢައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ކަނބަލުންނަށް ޚާއްސަކޮށް ޢައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ދުވަހުން ފެށިގެން 04 އޭޕްރީލް 2026 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ދަސްކުރުމަށް ފުރުސަތު ދިނުމަށް ފަހު، ޖެހިގެން އަންނަ ދުވަހު 05 އޭޕްރީލް 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 5 ދުވަހަށް ބަހާލެވިގެން ބައިވެރިންނަށް ޢައްމާފޮތް ދަސްވެފައިވާ މިންވަރު ޓެސްޓް ކުރަމުން ގެންދާގޮތަށެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2026 މާރިޗް 01ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ރަސްމީގަޑީގައި ކައުންސިލަށް ދުރުވެ، ނުވަތަ 6520725 މި ނަންބަރ ފޯނަށް ގުޅާ ނަންނޯޓް ކުރެއްވުންއެދެމެވެ. "ޢައްމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް" ގެ ޤަވާޢިދު މި އިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާނެއެވެ.
ނޯޓް:
- މި ޕްރޮގްރާމް ކުރިއަށްގެންދެވޭނީ މަދުވެގެން 10 ބައިވެރިން ބައިވެރިވާ ނަމައެވެ.
