ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާ ބެހޭ

1447 ވަނަ އަހަރުގެ ރަމަޟާންމަހު ފިޠުރު ޒަކާތް ބަލައިގަތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. ނަމަވެސް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދެއްކުމަށް ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް ޚާއްސަކޮށް، 05 ރަމަޟާން 1447 (22 ފެބުރުވަރީ 2026) ވާ އާދިއްތަ ދުވަހުން ފެށިގެން 20 ރަމަޟާން 1447 (09 މާރިޗު 2026) ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 ން 12:00 އާ ދެމެދު ޒަކާތް ބަލައިގަތުން މިއިދާރާގައި ކުރިއަށްދާނެއެވެ.

ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ. އެހެންކަމުން އެއްވެސް ފަރާތަކުން މިކައުންސިލްގެ އެކައުންޓްތަކަށް ފައިސާ ޓްރާންސްފަރ ނުކުރުމަށް ދަންނަވަމެވެ. ޒަކާތް ދައްކަވަން ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑުގެ އިތުރުން މޯބައިލް ފޯނު ގެނައުމަށާއި ޒަކާތް ދައްކަވަން ޖެހޭ ޢަދަދަށް ފައިސާ ހަމައަށް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ.

 

1447 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:

 

އާދައިގެ ހަނޑޫ

ތައިލެންޑް ހުދު ހަނޑޫ

ރަތް ހަނޑޫ

ބާސްމަތީ ހަނޑޫ (އާދައިގެ)

ބާސްމަތީ ހަނޑޫ (މޮޅު)

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

އާދައިގެ ފުށް

އާޓާ ފުށް

12/-

53/-

96/-

77/-

109/-

136/-

10/-

75/-

 

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2026
ހޯދާ