މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ.ކިނޮޅަހު އިންޑޯރ ޖިމް ބޭނުން ކުރުމުގެ އުސޫލު
ރ. ކިނޮޅަސް އިންޑޯރ ޖިމް ބޭނުންކުރުމުގެ އުސޫލު
މި އުސޫލަކީ ރ. ކިނޮޅަސް އިންޑޯ ޖިމް ރަނގަޅު ގޮތެއްގައި ބޭނުންކުރުމަށާއި ހަމަހަމަ އުސޫލެއްގެ މަތިން ކަސްރަތު ކުރުމުގެ މާހައުލެއް ގެންގުޅުމަށް ހަދާފައިވާ އުސޫލެކެވެ.
- ޖިމްގެ ޚިދުމަތް ބޭނުންކުރާ ވަގުތުތަކުގައި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި، ސާފުޠާހިރު އަދި ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދެއްވުމެވެ.
- އެކަކު އަނެކަކަށް މުޙާތަބު ކުރުމުގައި ބޭއަދަބީ ބަސްތަކުން މުޙާތަބު ކުރުމާއި، ޒުވާބުކޮށް އަޑުގަދަ ކުރުމަކީ މާނާ ކަމެކެވެ.
- އިންޑޯރ ޖިމްގެ އެތެރޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މުޅިން މަނާކަމެކެވެ.
- ޖިމަށް ފެންފުޅީގެ އިތުރުން އެބޭފުޅަކު ބޯން ބޭނުންކުރާ ޑްރިންކެއް ވެއްދިދާނެއެވެ. މިސާލަކަށް ޕްރޮޓިން ޝޭކް ފަދަ ތަކެތި.
- 16 އަހަރުން ދަށުގެ ކުދިން ޖިމް ބޭނުންކުރުމަކީ މަނާކަމެކެވެ. ނަމަވެސް ރަށް ނުވަތަ ޤައުމު ތަމްސީލު ކުރާ އެތްލީޓަކަށް ކައުންސިލުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން ޖިމް ބޭނުން ކުރެވިދާނެއެވެ.
- އަގުބޮޑު އެއްޗެއް ޖިމަށް ގެނެސް އެއެއްޗެއް ގެއްލިއްޖެނަމަ ކައުންސިލުން ޒިންމާ ނުވެވޭނެ ވާހަކަ ދަންނަވަމެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ، އެ ޒިއްމާ ނަންގަވަން ޖެހިލައްވާނީ އެއެއްޗެއް ގެނައިފަރާތުންނެވެ.
- ޖިމަށް ދުރުވާއިރު އަތުން ނުވަތަ ދަބަހަކަށް ބޫޓު ލައިގެންނެވެ. ބޫޓަށް އަރަންވާނީ ބޭރުގައި ފައިވާން ބަހައްޓަން ހާއްސަ ކުރެވިފައިވާ ހަރުގައި ފައިވާން ބެހެއްޓުމަށް ފަހުގައެވެ. ހުސްފަޔާ ޖިމް ބޭނުން ކުރުމަކީ މަނާކަމެކެވެ.
- ޖިމަށް ދުރުވާންވާނީ ކަސްރަތުކުރުމަށް އެކަށީގެންވާ ކަސްރަތު ހެދުމެއްގައެވެ.
- ޖިމްގައި ހުސްގަޔާ އުޅުމަކީ މަނާކަމެކެވެ. އަދި ޖިމްގައި އުޅޭއިރު އަބަދުވެސް ހުއްނަންވަނީ އާންމު މިންގަޑަށް ފެތޭ އަށްނައުނެއްގައެވެ.
- ޖިމްގެ އިކިއުޕްމަންޓް ބޭނުން ކުރުމަށްފަހު، އެ އެއްޗެއް ހުރި ތަނެއްގައި ބަހައްޓަންވާއެވެ.
- އަމިއްލަ ސާފުތާހިރުކަމަށާއި ތަނުގެ ސާފްޠާހިރު ކަމަށް އަބަދުވެސް ކުޑަ ތުވާލިކޮޅެއް ގެންގުޅެން ވާނެއެވެ.
- ޖިމްގެ ބޭނުންކުރައްވާ އެހެން ފަރާތްތަކަށް އުނދަގޫވެދާނެ ކަމަށްޓަކައި ބޭނުންކުރާ ބޫޓް އިސްޓާކީންފަދަ ތަކެތި އަބަދުވެސް ސާފުޠާހިރު ކަންމަތީ ބެހެއްޓުމާއި އަމިއްލަ ސާފުޠާހިރުކަމަށް އަބަދުވެސް ޑިޔޮޑޮރެންޓް، ބޮޑީ ސްޕްރޭ ފަދަ ތަކެތި ބޭނުންކުރަންވާނެއެވެ.
- އެއްވެސް ބާވަތެއްގެ ކާނާއެއް (ކާއެއްޗެއް) ޖިމް ތެރޭގައި ބޭނުން ކުރުމަކީ މަނާކަމެކެވެ.
- ކަސްރަތުކުރުމަށް ބޭނުންކުރާ މެޓް އަދި ތުވާލި ފަދަ ތަކެތި ކޮންމެ ބޭފުޅަކުވެސް އަމިއްލައަށް ގެންނަށްވާނެއެވެ. އަދި އަނބުރާ ގެންދަންވާނެއެވެ.
- ކޮންމެ ބޭފުޅަކުވެސް ޖިމް ބޭނުން ކުރުމުގެ ކުރިން، ޖިމް ބޭނުން ކުރިކަމަށް ދުވަހު ލޮގް ފޮތް ނުވަތް ޝީޓްގައި ސޮއި ކުރަންވާނެއެވެ.
- ޖިމް ބޭރުގައި ވާމްއަޕް ކުރުމަށް ބޭނުންކުރާ ބޫޓް ޖިމްގެ އެތެރޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
- އެއްފަހަރާ ޖިމް ބޭނުންކުރެވޭނީ ގިނަވެގެން 10 މީހުންނަށެވެ.
ޖިމް ހުޅުވާ ލައްޕާ ގަޑިތައް
|
ފިރިހެން ބޭފުޅުންގެ ގަޑިތައް |
|
|
ހެނދުނު |
06:00 – 08:00 |
|
ހަވީރު |
16:00 – 18:00 |
|
ރޭގަނޑު |
21:00 – 23:00 |
|
އަންހެން ކަނބަލުންގެ ގަޑިތައް |
|
|
ރޭގަނޑު |
19:00 – 21:00 |
|
ރަމަޟާން މަހުގެ ގަޑިތައް |
|
|
ފިރިހެން ބޭފުޅުންގެ ގަޑިތައް |
22:00- 00:00 16:15 – 18:00 |
|
އަންހެން ކަނބަލުންގެ ގަޑިތައް |
19:00 – 22:00 |
ނޯޓް:
- ޖިމް ބޭނުން ކުރާ ފުރަތަމަ ހަތަރުމަހު ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
- މި ހަތަރުމަސް ދުވަހުގެ ތެރޭގައި ޖިމް ބޭނުންކުރާ މިންވަރު ދެނެގަނެ ތަފާސްހިސާބުތަކަށް ބެލުމަށްފަހު މިޙިދުމަތުން އަގު ނެގުމާއި އިތުރަށް ގެންނަށްޖެހޭ ބަދަލުތައް ގެނެވިގެންދާނެއެވެ.
19 ފެބުރުވަރީ 2026
ހޯދާ
