މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޢްޔިތުންނާއި ބައްދަލުކުރުން.

ރަޢްޔިތުންނާއި ބައްދަލުކުރުން.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ބޭއްވުމަށް ލާޒިމުކުރާ ރައްޔިތުންގެ ޢާއްމު ބައްދަލުވުމެއް 28 ފެބްރުއަރީ 2026 ވާ ހޮނިހިރު ދުވަހުގެ ރޭ 21:30 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި 2025 ވަނަ އަހަރުގެ މާލީ ހިސާބު، 2025 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓު އަދި 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލު ރަޢްޔިތުންނާއި ޙިއްޞާކުރުން އޮނަނާނެއެވެ.

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ކަނޑިތީމު ލޮބުވެތި އެންމެހައި ރަޢްޔިތުންނަށް ދަޢުވަތުއަރުވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ރަމަޟާން  1447

19 ފެބްރުއަރީ  2026

19 ފެބުރުވަރީ 2026
ހޯދާ