މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

އިޢުލާން            

ރައްޔިތުންނާއި ބައްދަލުކުރުން

 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ފެބުރުވަރީމަހު އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލުވުމަށް ވާދޫގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި ބައްދަލުވުން އޮންނާނީ 2026 ފެބުރުއަރީ 26 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:30 ގައި ރ.ވާދޫ ސިއްހީ މަރުކަޒުގެ މީޓިން ހޯލްގައެވެ.

މިޖަލްސާގައި ކައުންސިލްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، 2025 ވަނަ އަހަރުގެ މާލީ ރިޕޯޓްތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ މިބައްދަލުވުމުގައި ރަށުގެ ދެޖިންސްގެ ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެލެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ.

19 ފެބުރުވަރީ 2026
ހޯދާ