ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯޓްރީގައި ކުރަންހުރި މަރާމާތުކުރުމާއި ސްވަރޭޖް ސިސްޓަމް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުން

ނަންބަރު : (IUL)ASMH-Procure/ASMH/2026/16

 

އިޢުލާން

 

ހޮސްޕިޓަލުގެ ލެބޯޓްރީގެ މަރާމާތުގެ އިތުރުން  ސްވަރޭޖް ސިސްޓަމް އަޅައިދޭނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލުން ދެވޭ މަޢުލޫމާތާއި، އެއްގޮތަށް ހޮސްޕިޓަލުގެ ސްވަރޭޖް ސިސްޓަމް އެޅުމުގެ މަސައްކަތާއި، ލެބޯޓްރީގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގު ބޮޑުކަމަށްފެންނާތީ، އިސްވެ ދެންނެވިފައިވާ އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އެސްޓިމޭޓްތައް ބާތިލްކޮށް، އެ މަސައްކަތްކޮށްދޭނެފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 24 ފެބްރުވަރީ 2026 ވަނަދުވަހުގެ 11:00 އަށް ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން ބިޑުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި ބިޑުގައި ރަޖިސްޓްރީކުރުން 24 ފެބްރުވަރީ 2026، 11:00 އަށް

އަންދާސީ ހިސާބް ހުށަހެޅުން:  09 މާރިޗް 2026، 13:00 ގައި

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

19 ފެބުރުވަރީ 2026
ހޯދާ