ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ކަސްޓަމަރ ކެއަރ/ރިކަވަރީ އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ އައްޑޫ ބްރާންޗަށް ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް: ކަސްޓަމަރ ކެއަރ/ރިކަވަރީ އެސިސްޓެންޓް

މަޤާމުގެ ޝަރުޠު:

  • ޑިޕްލޮމާ ލެވެލް/ އޭލެވެލް ( އިނގިރޭސިއާއި ދިވެހި ހިމެނިފައިވުން) 
  • ޑެޑްލައިންތަކަށް ވާސިލުވުމުގެ ޤާބިލްކަން ހުރުން.
  • ހަރުދަނާކަމާއެކު ކަންކަން މެނޭޖްކުރުމާއި، އެކިފަރާތްތަކާއެކު ރަނގަޅަށް މުޢާމަލާތްކުރުމުގެ ހުނަރު ހުރުން.
  • މައިކްރޯސޮފްޓް އޮފީސް ޕްކޭޖްތައް ބޭނުންކޮށްގެން ރިޕޯޓުތައް ތައްޔާރުކުރުމުގެ ޤާބިލްކަން ހުރުން.
  • ދިވެހިބަހާއި އިނގެރޭސިބަސް ފަރިތަކަމާއެކު ޓައިޕްކުރަން އެނގުން.
  • މަޤާމާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރަ:

ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބިނާކޮށް، މީގެ އިތުރުން، ލިވިންގ އެލަވަންސާއި، މެޑިކަލް އިންޝުއަރެންސް، ކުންފުނީގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން ފޯރުކޮށްދެވޭނެއެވެ.

ސުންގަޑި:

ޝަރުޠު ހަމަވާ އަދި މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން، ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު (ވަޒީފާއަށް އެދޭ ފޯމު، ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.) ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރު، 2015 ޑިސެންބަރު 10 ވަނަ ދުވަހުގެ 2:30 ގެ ކުރިން، ތިރީގައިމިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

ހިއުމަން ރިސޯސް ޑިޕާޓްމަންޓް، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.

4 ވަނަ ފަންގިފިލާ، ހ. މިއަލަނި، ސޯސަންމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3338810؛ ފެކްސް: 3315138

އީ.މެއިލް: [email protected]

19 ޞަފަރު 1437

01 ޑިސެންބަރު 2015
ހޯދާ