މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ-ޒޯން ލައިސަންސް ޓްރެކްގެ ނުނިމިހުރި މަސައްކަތްތައްކޮއްދޭނެ ފަރާތެއް ހޯދުމަށް

މިކައުންސިލުން ދޭކުރެހުމަކާއި އެއްގޮތަށް  އޭ-ޒޯން ލައިސަންސް ޓްރެކްގެ ނުނިމިހުރި މަސައްކަތްތައްކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރި ކައުންސިލްގެ ނަންބަރ (IUL)325-ES/325/2026/4 (27 ޖަނަވަރީ 2026 ) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިއިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ތިރީގައި މިވަނީއެވެ.

  1. މިހާރު ހަދާފައިވާ ކޮންކުރިޓް ތަޅުމާއި ގުޅުވައިގެން ޓްރެކްގެ ބާކީ ދުއްވާ ސަރަހައްދު ރޭމްޕް ހިމެނޭގޮތަށް ކޮންކުރިޓުން އެޅުމާއި ލައިންތައް ކުރެހުން
  • މިހާރު ހަދާފައިވަނީ ހަމައެކަނި 50 ފޫޓް ދިގު 19 ފޫޓް ފުޅާ ކޮންކްރިޓް ތަޅުމެކެވެ. ( ހަމައެކަނި ސައިކަލް ދުއްވުމަށް )

ވީމާ، މިމަސައްކަތް  އަމިއްލަތަކެތީގައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ފެބްރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން  https://forms.gle/WzUNcPwg3atWNBgr5މި ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިޑްއިންފޯމޭޝަން ޝީޓް އަދި ބިޑް ހުށަހަޅާ ފޯމްތައް ރަޖިސްޓްރޭޝަންގައިވާ އީމެއިލްއަށް ފޮނުވާދެވޭނެއެވެ. މި ބިޑުގެ މައުލޫމާތު ސެޝަން އޮންނާނީ 01 މާރޗް 2026 ވާ އާދިއްތަ ދުވަހުގެ 11.00 ގައި ކައުންސިލް އިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 09 މާރޗް 2026 ވާ ހޯމަ ދުވަހުގެ 11.00 އެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި " އޭ-ޒޯން ލައިސަންސް ޓްރެކްގެ ނުނިމިހުރި މަސައްކަތްކުރުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ.

މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. މިއެސްޓިމޭޓްގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.  އަދި މިދެންނެވި ވިޔަފާރިތަކުގެ ވެރިފަރާތްތަކުން ބިޑާއި ގުޅިގެން ބޭއްވޭ އެއްވެސް ބައްދަލުވުމަކަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތެއް ހަމަޖެއްސި ލިޔުމާއި އައިޑީ ކާޑް ކޮޕީ ބައްދަލުވުން ފެށުމުގެ ކުރިން ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

60%

v     އަގަށް ދެވޭ މާރކްސް

v      މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocated percentage

މުއްދަތު

15%

v     މުއްދަތަށް ދެވޭ މާރކްސް

v     މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/Submitted price x Allocated percentage

ތަޖުރިބާ

15%

ތަޖުރިބާއަށް For Experience: Percent ÷ high points x points = Total % in experience

ތަޖުރިބާއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ތިރީގައި އެވަނީއެވެ.

v     މިފަދަ މަސައްކަތެއްކޮށް ނިމިފައިވާ ކަމުގެ ލިޔުން ހުށަހަޅާފައިވާނަމަ ކޮންމެ ލިޔުމަކަށް %1.5 މާކްސްގެ އުސޫލުން މާކްސް ދެވޭނެއެވެ. (އެންމެ ގިނަ އިން ދެވޭނެ މާކްސް އަކީ މާކްސް އެވެ.)

v     ތަޖުރިބާއަށް މާކްސް ދިނުމުގައި މާކްސް ދެވޭނީ ސަރުކާރުގެ ކޮންޕެނީއެއްގެ ނުވަތަ ރަސްމީ އިދާރާއެއްގެ ލެޓަރ ހެޑްގައި ލިޔެ އެ ކޮންޕެނީއެއް ނުވަތަ ރަސްމީ އިދާރާއެއްގެ ނިޝާން ޖަހާފައިވާ ލިޔުން ތަކަށް އެކަންޏެވެ.

v     މިފަދަ މަސައްކަތް ކުރުމުގެ އެއްވެސް ތަޖުރިބާއެއެ ނެތި ތަޖުރިބާ އަށް އެއްވެސް ޕޮއިންޓެއް ނުލިބޭ ފަރާތަކަށް މަސައްކަތް ޙަވާލު ނުކުރެވޭނެއެވެ.

 

މާލީ ޤާބިލްކަން

10%

މާލީ ޤާބިލްކަން (ފާއިތުވެދިޔަ 3 މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް (ހުށަހެޅި ވެލިއު / ހުށަހެޅި އެންމެ މަތީ ވެލިއު × 10) މާލީ ޤާބިލްކަން ހުށަހެޅި އަދަދުގެ  %25 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

 

 

 2  ސަމާލުކަންދޭންވީ ކަންތައްތައް

v    ޢިއުލާނުގައި ކަނޑައަޅާފައިވާ ސުންގަޑިތަކަށް ސަމާލުވުން

v    ބިޑާއެކު ހުށަހެޅުމަށް ބިޑް އިންފޮމޭޝަން ޝީޓްގެ ސެކްޝަން 5 ގެ ހުރިހާ ލިޔުންތައް ފުރިހަމަކޮށް ހުށަހެޅުން

 

v    ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

 

3 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :         6600005

          އީ . މެއިލް :      [email protected]

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 ފެބުރުވަރީ 2026
ހޯދާ