ދިވެހިރާއްޖެ
1447 ވަނަ އަހަރު މުޅި ރާއްޖޭގައި ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، 01 ރަމަޟާން 1447 (18 ފެބްރުއަރީ 2026) ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން ކަމުގައި ދަންނަވަމެވެ. އެހެންކަމުން، 1447ވަނަ އަހަރުގެ ފިޠުރު ޒަކާތްގެ އެއްވެސް ފައިސާއެއް، ޓްރާންސްފާގެ ގޮތުގައި އަދި ނަޤުދު ފައިސާގެ ގޮތުގައިވެސް މި އިދާރާއަށް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ މުއައްސަސާތައް މެދުވެރިކޮށެވެ. މީގެ އިތުރުން ޒަކާތް ދެއްކުމަށް ބޭނުންކުރާނެ ޕޯޓަލްތަކުގެ ލިންކާއި ކިއު.އާރު ކޯޑުތައް މޯލްޑިވްސް ޒަކާތު ހައުސްގެ ވެބްސައިޓް https://zakathouse.gov.mv ގައި ޢާންމު ކޮށްފައި ވާނެއެވެ.
|
# |
އިދާރާ / މުއައްސަސާ |
ސުން ގަޑިތައް |
|
1 |
ދިވެހިރާޖޭގެ ގުޅުން (ދިރާގު) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
2 |
އުރިދޫ |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
4 |
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
5 |
ފަހިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
6 |
އަވަސް އެޕް |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
7 |
ބަނޑޭރިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އަގުތަށް ތިރީގައި އެވަނީއެވެ.
|
|
އާދައިގެ ހަނޑުލުން |
ތައިލެންޑް ހުދު ހަނޑޫ |
ރަތް ހަނޑޫ |
ބާސްމަތީ ހަނޑޫ (އާދައިގެ) |
ބާސްމަތީ ހަނޑޫ (މޮޅު) |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
ފުށް |
|
|
އާދައިގެ |
އާޓާ |
|||||||
|
މީހަކަށް |
12.00 |
53.00 |
96.00 |
77.00 |
109.00 |
136.00 |
10.00 |
75.00 |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
