ދިވެހިރާއްޖެ
1447ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމުގެ އެންމެހައި އިންތިޒާމުތައް މޯލްޑިވްސް ޒަކާތު ހައުސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާތީ، މިއަހަރު މި ކައުންސިލަށް ފިޠުރު ޒަކާތް ނަގުދު ފައިސާ އިން އަދި ބޭންކު ޓްރާންސްފަރ މެދުވެރިކޮށް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެހެންކަމުން، ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޒަކާތުގެ ފައިސާ ޓްރާންސްފަރ ނުކުރެއްވުމަށް ދަންނަވަމެވެ.
އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ މުއައްސަސާތައް މެދުވެރިކޮށެވެ. މީގެ އިތުރުން، ޒަކާތް ދެއްކުމަށް ބޭނުންކުރާނެ ޕޯޓަލްތަކުގެ ލިންކާއި ކިއު.އާރު ކޯޑުތައް މޯލްޑިވްސް ޒަކާތު ހައުސްގެ ވެބްސައިޓް https://zakathouse.gov.mv ގައި ޢާންމުކޮށްފައިވާނެއެވެ.
|
# |
އިދާރާ / މުއައްސަސާ |
ސުން ގަޑިތައް |
|
1 |
ދިވެހިރާޖޭގެ ގުޅުން (ދިރާގު) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
2 |
އުރިދޫ |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
4 |
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
5 |
ފަހިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
6 |
އަވަސް އެޕް |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
7 |
ބަނޑޭރިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
