ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 5 ވަނަ ވޮލީބޯޅަ މުބާރާތުގައި (ކުޑަހުވަދޫ ކައުންސިލް ވޮލީބޯލް ޗެލެންޖް 2026) ބައިވެރިވުމުގެ ފުރުޞަތު، ދެ ޖިންސަށް

ކުޑަހުވަދޫ ކައުންސިލްގެ  5ވަނަ ވޮލީބޯޅަ މުބާރާތުގައި (ކުޑަހުވަދޫ ކައުންސިލް ވޮލީބޯލް ޗެލެންޖް 2026) ބައިވެރިވުމުގެ ފުރުޞަތު، ދެ ޖިންސަށް

 

            ކުޑަހުވަދޫ ކައުންސިލްގެ 5 ވަނަ ވޮލީބޯޅަ މުބާރާތް (ކުޑަހުވަދޫ ކައުންސިލް ވޮލީ ބޯލް ޗެލެންޖް 2026) މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2026 ފެބްރުއަރީ 25 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ޤަވާއިދު ޤަބޫލުކޮށް މުބާރާތުގައި ބައިވެރިވުމަށް  ރަޖިސްޓްރީވާ ޓީމުތަކަށެވެ. ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑިއަކީ 2026 މާރޗް 05 ވަނަ ދުވަހުގެ 14:00އެވެ. މުބާރާތުގެ ގުތުއަތުލުން އޮންނާނީ، 2026 މާރޗް 10 ވަނަ ދުވަހުގައެވެ. ޓީމް ރަޖިސްޓްރީ ކުރާ ފަރާތަށް ޓީމް ލިސްޓްފޯމް ފޮނުވޭނެއެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ލިންކް މި އިޢުލާނާއި މިއިދާރާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެވިފައިވާނެއެވެ. އަދި މުބާރާތުގެ ޤަވާއިދުގެ ލިންކް މިއިޢުލާނާއި އެކު ޙިއްސާކުރެވިފައިވާނެއެވެ.  މުބާރާތުގައި ހޮވާ ވަނަތަކާއި ލިބޭ ފައިސާގެ ޢިނާމާއި ޓްރޮފީއާއި ޝީލްޑް އަދި މެޑެލްގެ މަޢުލޫމާތު ޤަވާއިދުގައި ހިމަނާފައިވާނެއެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1000.00 (އެއްހާސްރުފިޔާ) ފީއެއް ދައްކަންވާނެއެވެ. ފީ ޓްރާންސްފަރ ކުރައްވާނީ، މިއިދާރާގެ REVENUE 1 7730000135156 އެކައުންޓަށެވެ. 7 ޓީމް ހުށައަޅައިފިނަމަ، ގްރޫޕް ސްޓޭޖްގެ މެޗުތައް އެއްވަރު ކުރުމުގެގޮތުން، މުބާރާތުން ޖާގަ ދެވޭނީ ފުރަތަމަ ހުށައަޅާ 6 ޓީމަށެވެ.

ގޫގުލްފޯމް ލިންކް:  https://docs.google.com/forms/d/19kNlsTBsT5QQdOM9DEIm0EY5VPh1XmNiUSuHN7fht_M/edit

ޤަވާއިދުގެ ލިންކް: https://drive.google.com/file/d/1Ky5u_Gr8NgTqjHGw0rs2riiQy7jF01HJ/view?usp=drive_link

 

19 ފެބުރުވަރީ 2026
ހޯދާ