ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން.

ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

                  މިއީ ކައުންސިލްގެ 4 ވަނަ ދައުރުގެ 86 ވަނަ ޢާންމު ބައްދަވުމުން ފާސްކޮށްފައިވާ ބިންތައް ކުއްޔަށް ދިނުމުގެ ތާވަލުގެ ދަށުން ދެނަކުރިގެ ހުރި ބިމާއި އިންވެގެން ދެކުނަށް އޮތް ހުސްބިމުން 2000 އަކަފޫޓް (ދެހާސް) އަކަފޫޓްގެ ބިން އެހެނިހެން ވިޔަފާރި ޚިދުމަތްތަކަށް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.

 

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

05 މާރިޗް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

މެއިލް ކުރައްވާނީ [email protected] އަށެވެ.

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

17 ފެބުރުވަރީ 2026
ހޯދާ