ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުމާއި ބެހޭ
ދިވެހިރާއްޖޭގެ "ޒަކާތުގެ ޤާނޫނު ނަންބަރު 2025/27" އަށް 2026 ޖަނަވަރީ 01 ވަނަދުވަހުން ފެށިގެން ޢަމަލު ކުރަން ފެށުމާއި ގުޅިގެން 1447 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާއްމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން ކަމުގައި ދަންނަވަމެވެ. އެހެންކަމުން މިއަހަރުގެ ފިޠުރު ޒަކާތް މިއިދާރާއިން ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.
އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންކުރާނެ ކިއު.އާރް ކޯޑްތައް ހިމެނޭ ޕޯސްޓަރުތައް 1 ރަމަޟާން 1447 ވާ ދުވަހު މި ކައުންސިލްގެ ފޭސްބުކް ޕޭޖާއި ވައިބަރ ގްރޫޕްގައި ޝާއިޢުކުރެވޭނެއެވެ. އޮންލައިންކޮށް ޒަކާތްދެއްކުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އިދާރާގެ ނަންބަރު 6520042 އަށް ގުޅުއްވުމުން، ނުވަތަ ހުޅުވިފައި ހުންނަ ގަޑިތަކުގައި ވަޑައިގަތުމުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
އޮންލައިންކޮށް ޒަކާތް ދެއްކޭނެ ޕްލެޓްފޯމަތައް
|
# |
އިދާރާ / މުއައްސަސާ |
ބާވަތް |
ސުންގަޑިތައް |
|
1 |
ދިވެހިރާއްގެ ގުޅުން (ދިރާގު) |
ދިރާގް އެޕް / ދިރާގު ޕޭ |
28 ރަމަޟާން 1447 ގެ ހެނދުނު 6:00 |
|
2 |
އުރީދޫ |
އެމް ފައިސާ އެޕްލިކޭޝަން |
28 ރަމަޟާން 1447 ގެ ހެނދުނު 6:00 |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކު |
ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން |
28 ރަމަޟާން 1447 ގެ ހެނދުނު 6:00 |
|
4 |
ބޭންކް އޮފް މޯލްޑިވިސް |
ބީއެމްއެލް މޯބައިލް އެޕްލިކޭޝަން |
28 ރަމަޟާން 1447 ގެ ހެނދުނު 6:00 |
|
5 |
ފަހިޕޭ |
ފަހިޕޭ އެޕްލިކޭޝަން |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
6 |
އަވަސް އެޕް |
އަވަސް އެޕްލިކޭޝަން |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
7 |
މިނިސްޓްރީ އޮފް ފިނޭންސް |
ބަނޑޭރިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
1447 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު
|
ބާވަތް |
ރޭޓް ( މީހަކަށް ދައްކަންޖެހޭވަރު ) |
|
އާދައިގެ ހަނޑޫ |
12 ( ބާރަ ރުފިޔާ ) |
|
ތައިލެންޑް ހުދު ހަނޑޫ |
53 ( ފަންސާސް ތިން ރުފިޔާ ) |
|
ރަތް ހަނޑޫ |
96 ( ނުވަދިހަ ހަ ރުފިޔާ ) |
|
ބާސްމަތީ ހަނޑޫ ( އާދައިގެ ) |
77 ( ހަތްދިހަ ހަތް ރުފިޔާ ) |
|
ބާސްމަތީ ހަނޑޫ ( މޮޅު ) |
109 ( ސަތޭކަ ނުވަ ރުފިޔާ ) |
|
ބާސްމަތީ ހަނޑޫ ( އެންމެ މޮޅު ) |
136 ( ސަތޭކަ ތިރީސް ހަ ރުފިޔާ ) |
|
އާދައިގެ ފުއް |
10 ( ދިހަ ރުފިޔާ ) |
|
އާޓާ ފުއް |
75 ( ހަތްދިހަ ފަސްރުފިޔާ ) |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
