ދިވެހިރާއްޖެ
ނަންބަރު:(IUL)303-EDMS/303/2026/10
އިޢުލާން
ދީނީ ސުވާލު މުބާރާތާއި ގުޅޭ
އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން 1447 ވަނަ އަހަރު ރަމަޟާން މަހަށް ހާއްސަކޮށްގެން ދީނީ ސުވާލު މުބާރާތެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިމުބާރާތުގައި އުނގޫފާރުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
ކޮންމެ ދުވަހަކުވެސް އެދުވަހަކަށް ހާއްސަ ކުރެވިފައިވާ ސުވާލު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފޭސްބުކް ޕޭޖް އަދި ކައުންސިލްގެ ވައިބަރ ގުރޫޕްގައި އާންމުކުރާނެ ވާހަކަ ދަންނަވަމެވެ. ޖަވާބު ހުށަހެޅުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 އެވެ.
މި މުބާރާތުން 1، 2، އަދި 3 ވަނަ ހޮވާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ވަނަ ތަކަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަން އާންމުކޮށް އިޢުލާނުކުރީމެވެ.
އިތުރުމަޢުލޫމާތު ހޯދުމަށް 9128117 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
