މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިތުރު ޒަކާތާއި ގުޅޭ

1447ވަނަ އަހަރު މުޅި ރާއްޖޭގައި ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމްތަކުންކަމަށް މޯލްޑިވުސް ޒަކާތުހައުސްގެ، ސާކިއުލަރ ނަމްބަރ 496-B2/CIR/2026/01  ( 28 ޖަނަވަރީ 2026) ސާކިއުލަރއިން އަންގަވާފައިވާ ތީވެ، މިއިދާރާއިން މިއަހަރު ފިތުރު ޒަކާތު ފައިސާ ބަލައިނުގަންނަގޮތަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން އޮންލައިންކޮށް ފިތުރުޒަކާތް ބަލައިގަންނާނީ ތިރީގައިވާ މުވައްސަސާތަކުން 05 ރަމަޞާން 1447 ން ފެށިގެން 27 ރަމަޞާން 1447 ވަނަ ދުވަހާއި ހަމައަށްށެވެ. އަދި ޕޯޓަލްތަކުގެ ލިންކުތަކާއި ކިއުއާރު ކޯޑް ޒަކާތު ހައުސްގެ ވެބްސައިޓް https://zakathouse.gov.mv އިން ލިބެން ހުންނާނެ ކަމުގައި ދަންނަވަމެވެ.

 

#

އިދާރާ/ މުއައްސަސާ

ސުންގަޑި

1

ދިވެހިރާއްޖޭގެ ގުޅުން ( ދިރާގު)

28 ރަމަޞާން 1447 ގެ ހެނދުނު 06:00

2

އޫރީދޫ

28 ރަމަޞާން 1447 ގެ ހެނދުނު 06:00

3

މޯލްޑިވުސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)

28 ރަމަޞާން 1447 ގެ ހެނދުނު 06:00

4

ބޭންކް އޮފް މޯލްޑިވުސް (ބީ.އެމް.އެލް)

28 ރަމަޞާން 1447 ގެ ހެނދުނު 06:00

5

ފަހިޕޭ

ރަމަޞާން މަހުގެ ފަހުދުވަހުގެ އިރުއޮއްސި 18:00

6

އަވަސްއެޕް

ރަމަޞާން މަހުގެ ފަހުދުވަހުގެ އިރުއޮއްސި 18:00

7

ބަނޑޭރިޕޭ

ރަމަޞާން މަހުގެ ފަހުދުވަހުގެ އިރުއޮއްސި 18:00

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 ފެބުރުވަރީ 2026
ހޯދާ