މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ޕްރީސްކޫލް ބޯޑް އިންތިޚާބުކުރުން

ޕްރީސްކޫލް ބޯޑު އިންތިޚާބުކުރުމަށް މިއިދާރާއިންކުރި ނަންބަރު (IUL)280-PLA/INDIV/2026/9 ( 01 ފެބްރުއަރީ 2026 ) އިޢުލާނަށް އެއްވެސްފަރާތަކުން އިޖާބަދީފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ޕްރީސްކޫލް ބޯޑު އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. އެއީ

 

  1. ސްކޫލް ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުން.
  2. ސްކޫލް މުދައްރިއްސުންގެ ތެރެއިން 3 މެމްބަރުން.
  3. ސްކޫލް މެނޭޖްމަންޓުން 3 މެމްބަރުން.
  4. އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުން.

މީގެތެރެއިން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުންނާއި، އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުންނެވެ.

ވީމާ، ޕްރީސްކޫލްގެ ބެލެނިވެރިންގެ ތެރެއިންނާ، ޢާންމު ރައްޔިތުންގެ ތެރެއިން ޕްރީސްކޫލް ބޯޑުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 މާރިޗް 02 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުންވުން އެދެމެވެ.

17 ފެބުރުވަރީ 2026
ހޯދާ