ދިވެހިރާއްޖެ
މިއިދާރާއިން ދެމެހެއްޓެނިވިގޮތުގައި ރައްކާތެރިކަމާއިއެކު ކުނިއުކާލުމާއި ކުނި ނައްތާލުމުގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި، މި ދެންނެވި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި މުވައްޒަފުން ހޯދުމަށް ބޭއްނުންވެއްޖެއެވެ.
މަޤާމް: މުނިސިޕަލް އެސިސްޓެންޓް
ބޭނުންވާ ޢަދަދު: 2 (ދޭއް)
މަޤާމުގެ ރޭންކް: ޕަބްލިކް ސާރވިސް ރޭންކް 1
މަޤާމުގެ ކުލެސިފިކޭޝަން : ގުރޭޑް 1
މުއްދަތު: 3 މަސް
މުސާރަ: -/4500 (ހަތަރުހާސް ފަސްސަތޭކަ) ރުފިޔާ.
ލިވިންގް އެލަވަންސް: -/2500 (ދެހާސް ފަސްސަތޭކަ) ރުފިޔާ.
އެޓެންޑެންސް އެލަވަންސް: ޙާޒިރުވާ ދުވަހަކަށް -/125 (ސަތޭކަ ފަންސަވީސް) ރުފިޔާ
އެހެނިހެން އެލަވަންސް:
1- ރަމަޟާން މަހުގެ ޚާއްސަ އެލަވަންސް
2- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
3- ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުން ދިނުމަށް ލާޒިމުކުރާ އިތުރުގަޑި އާއި ބަންދު ދުވަސްތަކުގެ ފައިސާ
ޔުނިޓް: މުނިސިޕަލް ސާރވިސް އެންޑް އިންސްޓްރަކްޗަރ
މަޤާމްގެ ޝަރުތުތައް:
ލިޔަންކިޔަން އެނގުން ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
1- 18 އަހަރާއި 65 އަހަރާދެމެދުގެ ޢުމުރެއްގެ މީހެއްކަމުގައިވުން.
2- އެކި މޫސުންތަކުގައި، އެތެރޭގައި އަދި ބޭރުގައި މަސައްކަތް ކުރެވޭވަރުގެ ސިއްޙަތެއްގައި މީހެއްކަމުގައިވުން.
3- މަސައްކަތަށް ކަނޑައެޅިފައިވާ ވަގުތެ ތެރޭގައި އެތައްފަހަރަކު 50(ފަންސާސް) ކިލޯގްރާމަށްވުރެ ބަރުނޫން ތަކެތި އުފުލޭ ފެންވަރުގެ މީހެއްކަމުގައިވުން.
މަޤާމުގެ މަސްޢޫލިއްޔަތު:
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ކުނި ކޮށި ސާފުކޮށް ބެލެހެއްޓުމާއި، ކައުންސިލުން އަންގާ ގޮތެއްގެ މަތީން ކުނިކޮށި މަރާމާތުކުރުމާއި، ކުނިކޮށްށީގައި ބެހެއްޓިފައިވާ މެޝިނަރީއާއި، އިކުއިޕްމަންޓްތައް އޮޕަރޭޓްކުރުމާއި، މެއިންޓެނެންސާއި ސާވިސްކުރުން.
- ކައުންސިލުން ކަނޑައަޅާފައިވާ ގިންތިތަކަށް ކުނި ވަކިކޮށް، އެގިންތިއަކަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުގައި ތަރުތީބުން ކުނި ޖެއްސުން ނުވަތަ ބެހެއްޓުން.
- ގުދުރަތީގޮތުން ފަނާވެދާ ބާވަތްތަކުގެ ކުނީން ކާދުހެދުން.
- ގުދުރަތީ ގޮތުން ފަނާވެދާ ކުނި ފިޔަވައި ބާކީހުންނަ ހަރުކުނީގެ ތެރެއިން ރީސައިކަލް ކުރެވޭ ކުންޏާއި، ރީސައިކަލް ނުކުރެވޭ ކުނި ވަކިކޮށް ތަރުތީބުން ބެހެއްޓުން.
- ކައުންސިލުން ކަނޑައަޅާ ތާވަލާއި އެއްގޮތަށް ކުނިއެންދުން.
- ދަޅު އަދި ފުޅިފަދަ ފިއްތޭ ބާވަތްތަކުގެ ކުނި ކައުންސިލުން އަންގާގޮތެއްގެ މަތީން ފިއްތުމާއި ބަންދުކުރުމާއި، ތަރުތީބުކުރުން ނުވަތަ ރީސައިކަލް ކުރުން.
- ކައުންސިލުން އަންގާގޮތެއްގެ މަތީން ބިއްލޫރި ފުނޑުކުރުމާއި ނައްތާލުން ނުވަތަ ރީސައިކަލް ކުރުން.
- ރަށުން ކުނި ބޭރުކުރުމަށް ކައުންސިލުން ކަނޑައަޅާ، ކަނޑުގައި ދުއްވާ އުޅަނދަށް ކުނި ބަރުކުރުން.
- ކުނި ކޮށްޓައި ކުނިކޮށީ ސަރަޙައްދު ސާފުކޮށް ގަސްއިންދައި ޒީނަތްތެރިކޮށް ބެލެހެއްޓުން.
- ކައުންސިލުން ކުންޏާއި ބެހޭގޮތުން އެއްކުރުމަށް އަންގާ މަޢުލޫމާތު އެއްކޮށް ފޯރުކޮށްދިނުން.
- އަދި މިނޫންވެސް ކުނިއުކާލުމާއި ނައްތާލުމުގެ ޚިދުމަތާއި ގުޅިގެން ކައުންސިލުން އަންގާ އެންމެހައި ކަންކަން ކުރުން.
- ކައުންސިލްގެ ޢިދާރާއިން ރާވައި ކުރިއަށްގެންދާ ޓްރެއިނިންގް ޕްރޮޤްރާމްތަކާއި، ބައްދަލުވުންތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި ޢަމަލީ ގޮތުން ބައިވެރިވުން.
- ކައުންސިލުގެ ޢިދާރާއިން ކުރިއަށްގެންދާ ޚާއްސަ އިވެންޓްތަކުގައި ނުވަތަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކުއްލިހާލަތުގައި ދިމާވާ ކަންކަމުގައި އެހީތެރިވެދިނުން.
- ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ކައުންސިލުގެ ސަމާލުކަމަށް ގެނައުން.
- ޢިދާރާގެ ހިންގުމާއި ގުޅޭގޮތުން ސެކްރެޓަރީ ޖެނެރަލް ޚަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
25 ފެބުރުވަރީ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.
ހުށައަޅަންޖެހޭ ލިޔެކިޔުންތައް:
1. ވަޒީފާއަށް އެދޭކަމުގެ ފޯމް ( ކައުންސިލްއިދާރާއިން ލިބެންހުންނާނެ)
2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
4. ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
- އިންޓަވިއުއަށް އަންނައިރު ތަޢުލީމީ ސެޓްފިކެޓް، ތަޖުރިބާގެ ލިޔުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ އަސްލު ގެންނަންވާނެއެވެ.
މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ: 6700603 ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.
