ދިވެހިރާއްޖެ
1447ވަނަ ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ބެލުމުގެ ދަށުންކަމުގައި ވާތީ މި ކައުންސިލުން ޒަކާތު ފައިސާ ބަލައި ނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެހެންކަމުން މި އަހަރުގެ ފިޠުރު ޒަކާތު ފައިސާ ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޓްރާންސްފަރ ނުކުރެއްވުމަށް ދަންނަވަމެވެ. އަދި ފިޠުރު ޒަކާތުގެ ނަގުދު ފައިސާވެސް މި ކައުންސިލުން ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅާފައިވާ އޮންލައިން ޕޯޓަލްތަކުން ފިޠުރު ޒަކާތް ދެއްކުމުގައި އެހީތެރިކަން ބޭނުންފުޅުވާ ފަރާތްތަކަށް ކައުންސިލްގެ ކަމާބެހޭ މުވައްޒަފުންގެ އެހީތެރިކަން 05 ރަމަޟާން 1447ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1447ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00ގެ ނިޔަލަށް )ހުކުރު ހޮނިހިރު ފިޔަވައި( ރަސްމީ ދުވަސްތަކާއި ފަހު ދިހައެއްގެ ދުވަސްތަކު ކައުންސިލް އިދާރާއިން އެހީތެރިކަން ލިބެމުން ދާނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
