މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިތުރުޒަކާތް ބަލައިގަތުމާއިބެހޭ

05 ރަމަޟާން 1447 އިން  27 ރަމަޟާން 1447 ފިތުރުޒަކާތް ބަލައިގަތުން ހަމަޖެހިފައިވީ ނަމަވެސް، ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ކަނޑައަޅުއްވާފައިވާތީ، މިއަހަރު ( 1447 ) ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ފެބުރުވަރީ 2026 ން 08 މާރޗު 2026 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ  9:30 ން 12:00 ށް ކަމުގައި ދަންނަވެމެވެ. ފިތުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތުންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. ފިތުރު ޒަކާތް ބަލައިގަންނާނީ، ގޮވާމުގެ ވަބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް އިން ޢާންމުކުރާ ރޭޓްތަކުންނެވެ. އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަންނާނީ ތިރީގައިވާ މުއައްސަސާތަކުންނެވެ.

#

އިދާރާ / މުއައްސަސާ

ސުންގަޑިތައް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

28 ރަމަޟާން 1447ގެ ހެނދުނު 06:00

2

އުރީދޫ

28 ރަމަޟާން 1447ގެ ހެނދުނު 06:00

3

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)

28 ރަމަޟާން 1447ގެ ހެނދުނު 06:00

4

ބޭންކު އޮފް މޯލްޑިވްސް (ބީ.އެމް.އެލް)

28 ރަމަޟާން 1447ގެ ހެނދުނު 06:00

5

ފަހިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

6

އަވަސް އެޕް

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

7

ބަނޑޭރިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

 

17 ފެބުރުވަރީ 2026
ހޯދާ