ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން (ފެބްރުއަރީ 2026)
ރައްޔިތުންގެ ބައްދަލުވުން (ފެބްރުއަރީ 2026)
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 107 ވަނަ މާއްދާގައިވާ ކައުންސިލަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން 22 ފެބްރުއަރީ 2026 ވާ އާދިއްދަ ދުވަހުގެރޭ 22:00 ގައި ކެލާ ލިލީޕްރީސްކޫލް ގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައިވާ އެވަނީއެވެ.
- 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
- 2025 ވަނަ އަހަރުގެ މާލީ ބަޔާން
- 2026 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓް
- 2026 ވަނަ އަހަރަށް ރޭވިފައިވާ ހަރަކާތްތައް
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަށުގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. އަދި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ފެބުރުވަރީ 2026
ހޯދާ
