ދިވެހިރާއްޖެ
މިމަރުކަޒުގެ ދަރިވަރުން ބޭނުން ކުރުމަށްޓަކައި 4 ފާޚާނާގެ ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ދެވަނަ ފަހަރަށް ކުރެވުނު ނަންބަރު GS-14/IUL/2015/33ފ(17 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ 1 ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިސައްކަތްތައް ކޮށްދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 8 ވާ އަންގާރަދުވަހުގެ ހެނދުނު 10:30 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 13 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6640095 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
21 ޞަފަރު 1437