ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުންޑޫގެ މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރާ ފަރާތްތަކުގެ ޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

ލ. މުންޑޫގެ މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރާ ފަރާތްތަކުގެ ޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

16  (މިއަދަދަށް ވުރެ އިތުރުވާނަމަ ބޭނުންވާ އަދަދަށް މީހުން ނެގުމަށް ގުރުއަތަކަށް ދެވޭނެއެވެ)

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލ. މުންޑޫގެ ބޮޑެތި މަގުތަކާއި ޢިޖުތިމާއީ ސަރަހައްދުތަށް

މަސައްކަތުގެ އުޖޫރަ:

  • މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 40.00 ރުފިޔާ.

މަސައްކަތް ކުރަންޖެހޭ ގަޑި:

  • ސާފުކުރުމުގެ މަސައްކަތް ކުރާނީ މަހަކު 20 ދުވަހުގައެވެ. އަދި މަސައްކަތް ކުރާނީ ކޮންމެ ދުވަހަކުވެސް 2 ގަޑިއިރައްވުރެން އިތުރުނުވާ ގޮތަށެވެ. 
  • މަސައްކަތް ފަށާ ގަޑިއަކީ އެދުވަހެއްގައި ކައުންސިލުން ކަނޑައަޅާ ގަޑިއެކެވެ.
  • މަސައްކަތުގައި ހޭދަވާ ގަޑީގެ އަދަދު ބެލުމަށް ހާޒިރީ ބަލަހައްޓާ ސުޕަވައިޒަރަކު މަސައްކަތްކުރާ ސައިޓްގައި ހަރަކާތްތެރިވާނެއެވެ. މި ގޮތުން ސުޕަވައިޒަރު މަސައްކަތް ފެށިގަޑިއާއި ނިމުނު ގަޑި ބަލާ ހާޒިރީގައި ސޮއިކުރުވާނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރަން ހަވާލުކުރާ މަގުތަށް ސާފުކުރުން.
  2. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ހަވާލުކުރާ އިޖުތިމާޢީ ސަރަހައްދުތަށް ކަނޑައެޅިފައިވާ މިންވަރަށް ސާފުކުރުން.

މަޤާމުގެ ޝަރުޠުތައް:

  • ·         ދިވެހި ރައްޔިތެއްކަމުގައިވުން
  • ·         އުމުރުން 18 އަހަރު ފުރިފައިވުން
  • ·         މަސައްކަތްކުރެވޭވަރުގެ ރަނގަޅު ސިއްހަތެއްގައި ހުރިފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ތަކެތި:

 

  • ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • ރަޖިސްޓްރީވުމަށް އެދޭފަރާތުގެ ބޭންކް އެކައުންޓް އަންގައިދޭފަދަ ލިޔުމެއް.

ރަޖިސްޓްރީވުމަށް ކަންކުރަންވީ ގޮތް:

  • ޕޫލްގައި ރަޖިސްޓްރީވުމަށް  ފޯމް ކައުންސިލްއަށް ހުށަހެޅުން
  • ޕޫލްގައި ރަޖިސްޓްރީވުމަށް ފޯމް ފުރުމުގެ ސުންގަޑިއަކީ 25 ފެބްރުއަރީ 2026 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6800714 އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

މިމަސައްކަތުގައި ކަންކުރާނެގޮތުގެ އުސޫލު ރަޖިސްޓްރީވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ.

 

16 ފެބުރުވަރީ 2026
ހޯދާ