ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓަރީ ގެއްލިގެން

ލ. ކުނަހަންދޫ ޖަވާހިރުވާދީ ނަމަކަށްކިޔާ ބަންޑާރަ ގޯއްޗާއި، ލ. ކުނަހަންދޫ ތަރިވިދާގެ ނަމަކަށްކިޔާ ބަންޑާރަ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް އެދި މިއިދާރާއަށް ހުށަހަޅާފައިވެއެވެ. އެހެންކަމުން، މިދެ ގޯތީގެ ޢިމާރާތާއި ގޯތި ރަޖިސްޓަރީއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވޭތޯ ބެލުމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

- ލ. ކުނަހަންދޫ " ޖަވާހިރުވާދީ" އޭ ކިޔާ ބަންޑާރަ ގޯތީގެ، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ

- ލ. ކުނަހަންދޫ " ތަރިވިދާގެ" އޭ ކިޔާ ބަންޑާރަ ގޯތީގެ، އިމާރާތާއި ގޯތީގެ ރަޖިސްޓަރީ

ވީމާ، މިއިން އެއްވެސް ގޯއްޗަކާބެހޭ މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ 13 ޑިސެންބަރު 2015 ވާ ހޮނިހިރުދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކުނަހަންދޫ ކައުންސިލް އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޞަފަރު 1437

25 ނޮވެންބަރު 2015
ހޯދާ