މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ

1-        މިރަށު ޔުނިކް ގޯތީގެ ހުޅަނގު ފަރާތުގައި ހުރި 02 ރުކާއި، އާޝާމް ގޯތީގެ އުތުރުގައި ހުރި 1 ރުކާއި އިރުމަތީގައި ހުރި 02 ކަނޑަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރ (IUL)322-M/322/2025/139 އިޢުލާނުގައި ވާ މަސައްކަތްތަކަށް ބަދަލުގެނެވިފައިވާތީ، އެއިޢުލާން ބާޠިލްކުރުމަށްފަހު ކޯޓޭޝަން ހުށަހެޅުމަށް އަލުން ހުޅުވާލަމެވެ.

2-        ރުއްތައް ކަޑަންވާނީ 1 ފޫޓުދުރުން ކޮނެގެން އޭގެ ބުޑާއެކުގައެވެ. އަދި އޭގެ ބޭރުންވެސް ބުޑުން ބައެއް ނުވަތަ މޫތައް ބިމުން މައްޗަށް އެއްވެސް ވަރަކަށް ހުރެގެން ނުވާނެއެވެ. ވަޅުތަކަށް ފަސްލާނީ ކައުންސިލަށް ދެއްކުމަށްފަހު ކައުންސިލުން އޯކޭ ދިނުމުންނެވެ.

3-        މިމަސައްކަތުގެ ސަބަބުން އުފެދޭ އެންމެހާ ކުނިބުނިތައް ހަމަޖެހިފައިވާ އުސޫލުން ނައްތާލަންވާނެއެވެ. އެގޮތުން ގާކުނިތަކާއި ރުއްބުޑުގެ މޫތަކާއި ރުކުގެ އެންމެހާ ތަކެތި ނަގައި ރަގަޅަށް ތަން ސާފުކުރަންވާނެއެވެ.

4-        ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

5-        ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

6-        މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 17 ފެބްރުވަރީ 2026 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

7-        ކޯޓޭޝަން ހުށަހަޅާނީ 22 ފެބްރުވަރީ 2025 އާދީއްތަ ދުވަހު ރަސްމީ ގަޑީގައި މިއިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެގަޑީގައި ކޯޓޭޝަން މިއިދާރާއަށް ލިބުނުތޯ ކަށަވަރު ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

16 ފެބުރުވަރީ 2026
ހޯދާ