ދިވެހިރާއްޖެ
ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް މީހުން ވަދެ ނުކުތުމުގައި ޢަމަލުކުރާނެ ގޮތާއި ބެހޭ ޤަވާޢިދު 16 ފެބްރުއަރީ 2026 ވަނަ ދުވަހު ގެޒެޓްގައި ވާނީ ޝާއިޢުކުރެވިފައެވެ. އަލަށް އެކުލަވާލެވުނު މިޤަވާޢިދަށް ޢަމަލުކުރަން ފެށުމާއިއެކު، ކުރިން ކުޅުދުއްފުށީ ޕޯޓަށް މީހުން ވަދެ ނުކުތުމުގައި ޢަމަލުކުރަމުން ގެންދިޔަ ޤަވާޢިދުތަށް ބާޠިލްކޮށް މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނު މިޤަވާޢީދަށް 03 މާރޗް 2026 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިޤަވާޢިދުގެ ދަށުން، ކުޅުދުއްފުށީ ޕޯޓުން ބޭނުންކުރުމަށް ނިންމާފައިވާ އެހެނިހެން ލިޔެކިޔުންތަކާއި ޤަވާޢިދުތަށް އިޢުލާނާއެކު ގެޒެޓްގައި ޝާއިޢުކުރެވި އަދި ކުޅުދުއްފުށީ ޕޯޓްގެ ފޭސްބުކް ޕޭޖް: https://www.facebook.com/kpl.com.mv ގައި ޢާންމު ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
