ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލު ކުރުން:

މި އިދާރާގެ ނަންބަރު (IUL)248-CAA/248/2026/14 ( 09 ފެބުރުވަރީ 2026 ) ގެ އިޢުލާނުން ދަންނަވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު( ނަންބަރު:2010/7)ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ފެބުރުވަރީ މަހު އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލުވުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ  2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެރޭ 21:30 ގައި އިހަވަންދޫ ރަށްވެހިހިޔާ ހޯލުގައެވެ.

 

ވީމާ، މިބައްދަލުވުމަށް އިހަވަންދޫ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2026
ހޯދާ