|
އިޢުލާން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިންގޔުނިޓްއެޅުމަށްކަނޑައެޅިފައިވާ ބިންތަކުގެ ތެރެއިން ރަށުގެ ދެކުނު ކޮޅުން ކަނޑައެޅިފައިވާ ބިމުގައިހުރި ރުއްގަހުގައި މިއިދާރާއިން ރަތްކުލައިން ތަރުތީބު ނަންބަރެއް ޖަހާފައިވާނެއެވެ.
ވީމާ، ދެންނެވިފައިވާ ބިމުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު 15 ފެބުރުއަރީ 2026 (އާދީއްތަ) ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި ލިޔުމުން މިއިދާރާއަށް އެންގެވުން އެދެމެވެ.
- · ރުއްގަހުގެ ބާވަތް:
- · ވެރިފަރާތުގެ ނަމާއި އެޑްރެސް:
- · ރުއްގަހުގައި ޖަހާފައިވާ ގޭގެ ނަންބަރު:
- · ރުއްގަހުގައި މިއިދާރާއިން ޖަހާފައިވާ ނަންބަރު:
|