ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއިގުޅޭ

             1447 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާއްމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން ކަމުގައި ދަންނަވަމެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 01 ރަމަޟާން 1447 ދުވަހުންފެށިގެން 27 ރަމަޟާން 1447 ދުވަހުގެ ހެނދުނު 6:00ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ. އަދި އޮންލައިން ޕްލެޓް ފޯމްތަކުގެ ކިއު.އާރު.ކޯޑްތައް ހިމެނޭ ޕޯސްޓަރުތައް 01 ރަމަޟާން 1447 ވަނަ ދުވަހު ކައުންސިލްގެ ސޯސަލްމީޑިއަރ ޕްލެޓްފޯމްތަކުގައި ޙިއްސާ ކުރެވިގެންދާނެއެވެ.

              މި އަހަރުގެ ފިޠުރު ޒަކާތު ފައިސާ މިއިދާރާގެ އެއްވެސް އެކައުންޓަކަށް ޓްރާންސްފާރ ނުކުރެއްވުމަށް ދަންނަވަމެވެ. އަދި މިކަމާއި ގުޅިގެން ކައުންސިލްގެ އެކައުންޓްތަކަށް ޓްރާންސްފާކުރާ ފައިސާ ބަލާނީ މިއިދާރާއަށް ލިބޭ އިތުރު ފައިސާގެ ގޮތުގައެވެ. ޒަކާތު ހައުސްއިން ޢާއްމުކުރާ އޮންލައިން ޕޯޓަލްތަށް މެދުވެރިކޮށް ފިޠުރު ޒަކާތު ފައިސާ ދެއްކެވުމަށް ދަތިވާ ފަރާތްތަކަށް ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ދެއްކެވުމުގެ އިންތިޒާމް ހަމަޖެހުމުން ކައުންސިލްގެ ސޯސަލްމީޑިއަރ ޕްލެޓްފޯމްތަކުގައި ޙިއްސާ ކުރެވިގެންދާނެއެވެ.

ފިޠުރު ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވާ ޕްލެޓް ފޯމް ތަކާއި ބަލައިގަންނަ ސުންގަޑި

#

އިދާރާ/މުއައްސަސާ

ސުންގަޑިތައް

ޒަކާތް ދެއްކޭނެ ގޮތް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގް)

28 ރަމަޟާން 1447ގެ ހެނދުނު 06:00

އެސް.އެމް.އެސް

2

އުރީދޫ

28 ރަމަޟާން 1447ގެ ހެނދުނު 06:00

އެސް.އެމް.އެސް

3

މޯލްޑިވްސް އިސްލާމިކް ބޭންކް

28 ރަމަޟާން 1447ގެ ހެނދުނު 06:00

ފައިސާ ނެޓް

4

ބޭންކް އޮފް މޯލްޑިވްސް

28 ރަމަޟާން 1447ގެ ހެނދުނު 06:00

ވެބްސައިޓް

5

ފަހިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

ވެބްސައިޓް

6

މިނިސްޓްރީ އޮފް ފިނޭންސް (ބަނޑޭރިޕޭ)

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

-

7

އަވަސް އެޕް

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

ވެބްސައިޓް/ ޕޯޓަލް

 

 

 

 

 

 

 

 

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

 

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12.00 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

53.00 ރުފިޔާ

3

ރަތް ހަނޑޫ

96.00 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77.00 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

109.00 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

136.00 ރުފިޔާ

7

އާދައިގެ ފުށް

10.00 ރުފިޔާ

8

އާޓާ ފުށް

75.00 ރުފިޔާ

 

              ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ފެބުރުވަރީ 2026
ހޯދާ