ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

                ކައުންސިލްގެ 4 ވަނަ ދައުރުގެ 86 ވަނަ ޢާމްމު ބައްދަވުމުން ފާސްކޮށްފައިވާ ބިންތައް ކުއްޔަށް ދިނުމުގެ ތާވަލުގެ ދަށުން މި ކައުންސިލް ކޮށްފައިވާ އިޢުލާން ނަންބަރ (IUL)419-ESMSPL/419/2024/117  2024 ސެޕްޓެމްބަރ 12 ވަނަ ދުވަހު  ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށް ދިނުމަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ ، އެ އިޢުލާން ބާޠިލްކޮށް އަލުން , ގދ.ގައްދޫ  އަމާނާތު މިސްކިތުގެ ހުޅަނގަށް، ވަތަބަނޑޭރި މަގާއި ރެވެޓްމެންޓް އާއި ދެމެދު އޮތް ކައުންސިލްގެ 45 ވަނަ ނަންބަރުގެ ހުސްބިމުން 6172.55  )ހަހާސް އެއްސަތޭކަ ހަތްދިހަ ދޭއް (  އަކަފޫޓްގެ ބިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ހިންގުމަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު  ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.

                     ވީމާ، މިބިމުގައި ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ކަންތައްތައް ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 26 ފެބްރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

         15 ފެބްރުވަރީ 2026           

15 ފެބުރުވަރީ 2026
ހޯދާ