މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Diyanet Scholarships 2026

 

Diyanet Scholarships 2026

 

ތުރުކިޔޭގެ ދިޔަނެޓް ބުރުސްލަރީ ސްކޮލަރޝިޕްގެ ފަރާތުން ދިޔަނެޓް ސްކޮލަރޝިޕް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުންވަނީ އަންގާފައެވެ.

ވީމާ، މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 28 ފެބްރުއަރީ 2026 ވާ ހޮނިހިރު ދުވަހުގެ ކުރިން މި އިޢުލާނާއެކު ވެބްސައިޓަށް އަޕްލޯޑް  ކޮށްފައިވާ ފްލަޔާގައިވާ ކިއުއާރު ކޯޑް ބޭނުންކޮށްގެން އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

މި ފެލޯޝިޕްގެ ޙަރަދުތަކުގެ ތަފްސީލް އަދި އިތުރު މައުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ ސްކޮލަޝިޕް ފްލަޔާއިން ލިބެންހުންނާނެއެވެ.

................................................................................................................................................................................

*  މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން  ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ)  ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

15 ފެބުރުވަރީ 2026
ހޯދާ