ދިވެހިރާއްޖެ
ދިވެހިރާއްޖޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހު ރައްޔިތުންނައް އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ ބައްދަލުވުން 23 ފެބްރުވަރީ 2026 ވާ ހޯމަދުވަހު 10:00 ގައި ވަންދޫ ކައުންސިލް އިދާރާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި 2025 ވަނަ އަހަރުގެ ކައުންސިލްގެ އަހަރީ ރިޕޯޓް އަދި މާލީ ރިޕޯޓު ރައްޔިތުންނާއި ހިއްސާކުރުމަށްވަނީ ހަމަޖެހިފައި އަދި މިރިޕޯޓްތައް މިއަދުން ފެށިގެން ވަންދޫ ކައުންސިލް އިދާރާއިން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނޭކަމުގައި ދެންނެވީމެވެ. މިބައްދަލުވުމުގައި ވީހާވެސް ގިނަފަރާތްތަކުން ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށްބޮޑުއެދުމެކެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 6780041 ފޯނާގުޅުއްވުން އެދެމެވެ.
ރިޕޯޓުގެ ލިންކު: https://shorturl.at/AsaHQ
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
