ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން
ނަމްބަރު: (IUL)56-CAS/56/2025/52 (14 ޑިސެމްބަރު 2025) ގެ އިޢުލާންގައިވާ ފަދައިން މި އޮފީހުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން 02 ވަނަ ފަހަރަށް ނީލަންކިޔުން ޝަހީދު ކުޑައާދަމުގެ ކުޑަތުއްތު ހިނގުމުގައި ހުންނަ ޤައުމީ ކުތުބުޚާނާ ޢިމާރާތުގައި 2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2026 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ޤައުމީ ކުތުބުޚާނާ ޢިމާރާތަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ޤައުމީ ކުތުބުޚާނާ ޢިމާރާތަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
