އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
Microsoft O365 ލައިސެންސް އައުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: ASND/GA/IUL/2026/6


މި ކުންފުނީގައި ބޭނުންކުރަމުން އަންނަ  Microsoft O365 ލައިސެންސް އައުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި  މަސައްކަތަށް ރަޖިސްޓަރވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ފެބްރުއަރީ 2026 ގެ 12:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރެއްވުމަށް،[email protected]  އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުމުން، ފައިސާ ޖަމާކުރަންވީ ގޮތުގެ ތަފްސީލު މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ.

ފައިސާ ޖަމާކުރަންވީ ގޮތުގެ ތަފްސީލު ލިބުުމުން، 23 ފެބްރުއަރީ 2026 ގެ 15:00 ގެ ކުރިން، ފައިސާ ޖަމާކޮށް، ކުންފުނިން އިރުޝާދު ދޭގޮތަކަށް އެކަން އަންގަންވާނެއެވެ. ބިޑު ޑޮކިއުމެންޓް ބައްލަވައިގަންނަވާ ފަރާތްތަަކަށް، ބިިޑު ޑޮކިއުމެންޓް އީމެއިލް ކުރެވޭނެއެވެ.

އިޢުލާން ނަންބަރު ASND/GA/IUL/2026/2  އާ ގުޅިގެން ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ޑޮކިއުމެންޓް ގަންނާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަރާތްތަކުންވެސް މިބީލަމަށް ކުރިމަތިލާނަމަ 23 ފެބްރުއަރީ 2026 ގެ 12:00 ގެ ކުރިން މަތީގައި ދެންނެވިފައިވާ ގޮތަށް ރެޖިސްޓަރ ކުރަންވާނެއެވެ.

ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/10،450ރ، (ދިހަހާސް ހަތަރު ސަތޭކަ ފަންސާސް ރުފިޔާ) މި ކުންފުންޏަށް ދައްކަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައެޅޭ މިންވަރު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް ގެރެންޓީ ގޮތުގައިވެސް ހުށަހެޅިދާނެއެވެ.

25 ފެބްރުއަރީ 2026 ވާ ބުދަ ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑިއަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

 

ޕްރޮކިޔުމެންޓް ސެކްޝަން

 

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483 / 7451400      

15 ފެބުރުވަރީ 2026
ހޯދާ