ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ހޯނޑެއްދޫއިން ބަންޑާރަގޯއްޗަށް އެދިހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ފާރާތްތަކަށް ލިބޭ ގޯތި (ޕްލޮޓް) ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުމާއި ގުޅޭ

ގދ. ހޯނޑެއްދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުން ކޮށްފައިވާ ނަންބަރ (IUL)417-IMS/417/2024/3 އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ލިބޭ ގޯތި (ޕްލޮޓް) ކަނޑައެޅުމަށް 15 ފެބުރުވަރީ 2026 ގައި ބާއްވަން ހަމަޖެއްސި ގުރުއަތުލުން 05 މާރިޗު 2026 އަށް ވަނީ ލަސްކުރެވިފައެވެ.  މިގުރުއަތުލުން އޮންނާނީ 05 މާރިޗު 2026 ވަނަ ދުވަހުގެ ރޭ 21:15 ގައި ކައުންސިލްގެ ޓްރެއިނިންގ ސެންޓަރުގައެވެ. ލިސްޓްގައިވާ ފަރާތްތަކުން ގުރުއަތުގައި އަމިއްލައަށް ބައިވެރިވެވެން ނެތްނަމަ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ގުރުއަތުލުމުގެ 48 ގަޑިއިރު ކުރިން ލިޔުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2026
ހޯދާ