މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގައި ސީ.ސީ.ޓީވީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލްގައި ސީ.ސީ.ޓީވީ ކެމެރާ އަމިއްލަތަކެތީގައި ހަރުކޮށްދޭން ސައުޤްވެރިވާ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 ފެބްރުއަރީ 2026ން 17 ފެބްރުއަރީ 2026 އަށް ލިންކް https://forms.gle/wtYxiWCZvpjeNzYh8 މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށްފަހު، 22 ފެބްރުއަރީ 2026ވާ އާދިއްތަ ދުވަހު ހެނދުނު 11:00އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 26 ފެބްރުއަރީ 2026ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ. މިބީލަމުގައި ބައިވެރިވެވޭނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތައް އެކަނި ކަމުގައި ދެންނެވީމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާ އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

12 ފެބުރުވަރީ 2026
ހޯދާ